އޮފީހެއްގެ މުދަލަށް ގެއްލުންދީ ވައްކަން ކުރި މީހަކު ހޯދަނީ

Sun, 05 May 2024 02:39 PM

View on this article on DhiDaily

އޮފީހެއްގެ މުދަލަށް ގެއްލުންދީ ވައްކަން ކުރި މީހަކު ހޯދަނީ

އޮފީހަކުން ވައްކަންކޮށް، ގެއްލުން ދިން މީހަކު ތަހުގީގަށް ހޯދަން އިއުލާންކޮށްފި އެވެ.



ފުލުހުން ހޯދަނީ ގދ. ތިނަދޫ، ސަކީނާމަންޒިލް، އިބްރާހީމް ނާޝިދު، 34، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަންކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ނާޝިދު ހާޒިރުވާން އަންގާފައިވެ އެވެ.



More from DhiDaily