އޯ ލެވެލް އިމްތިހާނު ފަށައިފި

Thu, 25 Apr 2024 01:29 PM

View on this article on DhiDaily

އޯ ލެވެލް އިމްތިހާނު ފަށައިފި

މި އަހަރުގެ އެސްއެސްސީ އާއި އޯ ލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އިމްތިހާންތަކުގައި 7،501 ދަރިވަރުން ބައިވެރިވާ ކަމަށެވެ. މި އިމްތިހާން ޖޫން 13 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އިމްތިހާނުގެ ފުރަތަމަ މާއްދާއެއްގެ ގޮތުން އިމްތިހާންގައި މިއަދު އޮތީ އިސްލާމް އެވެ. ރާއްޖޭގެ 256 ސެންޓަރެއްގައި އިމްތިހާން ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިވެއްސާއި އިސްލާމް ހިމެނޭ އެސްއެސްސީ އިމްތިހާން މި އަހަރު 7،133 ދަރިވަރުން ހަދާނެ އެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާންގައި 7،501 ދަރިވަރުން ބައިވެރިވާ އިރު، މިދިޔަ އަހަރު އިމްތިހާން ހެދީ 6،698 ދަރިވަރުންނެވެ. އެހެންވެ މި އަހަރުގެ އަދަދަކީ މިދިޔަ އަހަރަށް ވުރެ 803 ދަރިވަރުންގެ އިތުރުވުމެކެވެ.



More from DhiDaily