ހުޅުމާލޭގައި ވެއާހައުސިންގ ކޮމްޕްލެކްސް އެއް އިމާރާތްކުރަން ހަވާލުކޮށްފި

Thu, 25 Apr 2024 08:29 AM

View on this article on DhiDaily

ހުޅުމާލޭގައި ވެއާހައުސިންގ ކޮމްޕްލެކްސް އެއް އިމާރާތްކުރަން ހަވާލުކޮށްފި

ރާއްޖޭގައި މިހާރު އެންމެ ބާރަށް ތަރައްގީވަމުން އަންނަ ހުޅުމާލޭގައި ޒަމާނީ ވެއާހައުސް ކޮމްޕްލެކްސްއެއް ހަދަން ނިންމައި، އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.



ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ޕްރޮޖެކްޓް ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ. އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ރޮޓައިމް އިންޖިނިއަރިން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންގް އެވެ.

އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމެނޭހެން ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ކުއްޔަށް ދޭނެ ތަނެއް ކަމަށް އެޗްޑީސީން ބުންޏެވެ.

މި ވެއާހައުސިން ކޮމްޕްލެކްސް އިމާރާތް ހުންނާނީ ގުޅިފައި އިންނަ ދެ އިމާރާތަކަށެވެ. އެއިން ކޮންމެ އިމާރާތެއްގައި ހަތަރު ބުރި އެކުލެވޭނެ އެވެ. އެތަން ހަވާލުކޮށްފައި ވަނީ ދެ އަހަރުތެރޭ ނިންމާ ގޮތަށް 38 މިލިއަން ޑޮލަރަށެވެ.

އެޗްޑީސީން ބުނި ގޮތުގައި މި މި ކޮމްޕްލެކްސް އަކީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހުންނާނެ ތަނެކެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓާއި ކާނާގެ ބާވަތްތަކާއި، ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނޭނެ އެވެ. މީގެ އިތުރުން އޮފީސް ޖާގަ އާއި ޝޯރޫމެއް ވެސް ކޮމްޕްލެކްސްގައި ހުންނާނެއެވެ.

މޮ ކޮމްޕްލެކްސް އިމާރާތް ކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތަތަކާ އެކީގަ އެވެ.



More from DhiDaily