ރީނދޫ ދަތްޕިލަ ހުދު ކޮށްލަން ބޭނުންތަ؟

Thu, 25 Apr 2024 07:59 AM

View on this article on DhiDaily

ރީނދޫ ދަތްޕިލަ ހުދު ކޮށްލަން ބޭނުންތަ؟

ހިނިތުންވެލުމާ އެކު ރީތި ސާފު ދަތްޕިލައެއް ފެނުމަކީ ހަމަ ކޮންމެ މީހަކު ވެސް އެދޭނެ ކަމެކެވެ. ހިނިތުންވުން ފުރިހަމަ ވާ އެއްކަމަކީ ސާފު ހުދު ދަތްޕިލައެއް ކަމަށްވީއިރު އަނގައިގެ ސިއްޙަތަށް ޓަކައި ދަތްތައް ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.



ދަތްޕިލަ ހަޑިކޮށް ރީނދޫ ކުލައިގައި ހުރުމަކީ އެތައް ބަޔަކަށް ފާހަގަވާނެ ކަމެކެވެ. ރީނދޫ ކުލައިގައި ހުރުމަކީ ސިއްހީ މައްސަލައެއްގެ ސަބަބުން ވާކަމެއް ނޫނެވެ. އެއީ ދަތްތައް ގަވައިދުން ސާފު ނުކުރެވޭތީ މެދުވެރިވާ ކަމެކެވެ. ނަމަވެސް ރީނދޫ ދަތްތަކެއް ސާފު ކޮށްލަން ގޭގައި ވެސް ކުރެވޭނެ ވެސް ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

ޗާކޯލްއަކީ މޫނުމަތީގައި ހުންނަ ބިއްސާއި އެކިކަހަލަ ލަކުނުތައް ފިލުވުމަށް ބޭނުންކުރާ އެއްޗެކެވެ. އެގޮތުން، ކޮންމެ ދުވަހަކު ޗާކޯލް ބޭނުންކޮށްގެން ދެތިން މިނެޓް ވަންދެން ދަތް އުނގުޅާށެވެ. މީގެ ސަބަބުން ދަތްތައް ސާފުވެ، ދަތްތަކުގައި ހުންނަ ޖަރާސީމްތައް މެރުމަށް އެހީތެރިވެއެވެ. ޗާކޯލްގެ އިތުރުން، ފެން ގިނަ މޭވާ ގިނައިން ކެއުމުން ވެސް ދަތްތައް ސާފުވުމަށް އެހީތެރިވެދެއެވެ. އެގޮތުން އޮރެންޖު ،ކަރާ އަދި މޭބިސްކަދުރު ފަދަ މޭވާތައް ގިނައިން ކެއުމަށް އާދަކުރާށެވެ.

ބޭކިން ސޮޑާއަކީ ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރާ އެއްޗެކެވެ. މިގޮތުން ދަތްތައް ރީނދޫވާ ނަމަ ސާފުކުރުމަށް ނުވަތަ ހުދު ކުރުމަށް 1 މޭޒުމަތީ ސަމުސާ ބޭކިންގް ސޮޑާ ތެރެއަށް 2 މޭޒުމަތީ ސަމުސާ ހައިޓްރޮޖެން ޕެރޮކްސް ސައިޑް އެޅުމަށްފަހު ޕޭސްޓެއް ހަދާށެވެ. އަދި އެ ޕޭސްޓް ކޮޅު ދަތްއުނގުޅާ ބުރުހުގައި ހޭކުމަށް ފަހު ދެތިން މިނެޓް ވަންދެން ރަނގަޅަށް ދަތް އުނގުޅާށެވެ. މިގޮތަށް ގަވައިދުން ކަންތައް ކުރުމުން ދެތިން ހަފްތާ ތެރޭގައި ދަތްތަކުން ރީނދޫ ކުލަ މަޑުވެ ދަތްތައް ހުދުވާން ފަށާނެއެވެ.



More from DhiDaily