ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ ހެދި ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް

Sun, 05 May 2024 12:59 PM

View on this article on DhiDaily

ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ ހެދި ޔާޔާ ނަބީލުގެ ބަންދަށް 15 ދުވަސް

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދަނިކޮށް ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.



އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުންދިޔަ 39 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މީގެކުރިން މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާންމުކުރި ގ.ކަމަރާގެ މުޙައްމަދު ނަބީލް (ޔާޔާ ނަބީލް) އެވެ.



More from DhiDaily