އަމިއްލަ ގޮތުން ވާދަކުރައްވައި ހޮވުނު 6 މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވައިފި

Wed, 24 Apr 2024 09:29 PM

View on this article on DhiDaily

އަމިއްލަ ގޮތުން ވާދަކުރައްވައި ހޮވުނު 6 މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި މެންބަރުކަމަށް އިންތިޚާބުވި ބައެއް ބޭފުޅުން ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.



ޕީއެންސީއަށް ސޮއިކުރެއްވީ ޑރ. އަނާރާ ނަޢީމް (ހުރާ ދާއިރާ) އާއި ޙަސަން ޒަރީރު (މަތިވެރި ދާއިރާ) އާއި އަޙްމަދު ޒަމީރު (މައްޗަންގޮޅި މެދު ދާއިރާ) އާއި އަޙްމަދު ރިޔާޒް (ތިމަރަފުށި ދާއިރާ) އާއި ޔާސީން ޢަބްދުﷲ (ނައިފަރު ދާއިރާ) އަދި ޢާޒިމް ޢަބްދުލް ޢަޒީޒް (ވިލިނގިލި ދާއިރާ) އެވެ.

މި ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެސް ބައިވެެރިވެވަޑައިގެންނެވިއެވެ.

މި ހަ މެންބަރުން ސޮއިކުރެއްވުމާއެކު ޕީއެންސީއަށް ލިބުނު ގޮނޑީގެ ޖުމްލަ އަދަދު ވަނީ 76 އަށް އިތުރުވެފައެވެ.



More from DhiDaily