އައްޑޫގެ ރަށްތަކަށް ފެންސަޕްލައި ކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް ނިޒާރު ގޮވާލައްވައިފި

Sat, 04 May 2024 10:09 PM

View on this article on DhiDaily

އައްޑޫގެ ރަށްތަކަށް ފެންސަޕްލައި ކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް ނިޒާރު ގޮވާލައްވައިފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންސަޕްލައި ކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު މިއަދު ގޮވާލައްވައިފިއެވެ.



އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންސަޕްލައި ކޮއްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަސްވާން ގާތްވެފައިވާކަން ފާހަގަކުރައްވައިފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އިތުރުވެފައިވާކަން ވެސް ނިޒާރުގެ ޕޯސްޓުގައި ފާހަގަކުރައްވައިފައެވެ.

ނިޒާރު ވިދާޅުވީ މިކަމަށް ހައްލު ހޯދަން މިހާ ދުވަސް ނަގަން ޖެހުމަކީ ނުކުޅެދުމެއް ކަމަށެވެ.

އެހެންކަމުން މި ތަކުލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ނިޒާރު ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖްމަންޓަށް ގޮވާލައްވައިފައެވެ.



More from DhiDaily