6 ބައި-އިލެކްޝަނުގެ ތެރެއިން 4 ބައި-އިލެކްޝަން ޕީއެންސީއިން ކާމިޔާބުކޮށްފި

Sat, 04 May 2024 11:29 PM

View on this article on DhiDaily

6 ބައި-އިލެކްޝަނުގެ ތެރެއިން 4 ބައި-އިލެކްޝަން ޕީއެންސީއިން ކާމިޔާބުކޮށްފި

މިއަދު ބޭއްވި 06 ބައި-އިލެކްޝަނުގެ ތެރެއިން 04 ބައި-އިލެކްޝަން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ.



މިއަދު ބާއްވައިފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ.އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ.ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމުގެ ބައި-އިލެކްޝަންތަކެވެ.

މީގެތެރެއިން އުތީމާއި ތަކަންދުއާއި ވެލިދުއާއި އިންނަމާދޫގެ ކައުންސިލުގެ މެންބަރުކަމުގެ ގޮނޑި ހޯދީ ޕީއެންސީއިންނެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް ބައި-އިލެކްޝަން ކާމިޔާބުކުރީ ދަ ޑިމޮކްރެޓްސްއިންނެވެ. އަދި ލަންދޫ ކައުންސިލްގެ މެންބަރު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީއިންނެވެ.



More from DhiDaily