މަޑުއްވަރީ ކައުންސިލްގެ ރައީސް ބައި-އިލެކްޝަން ދަ ޑިމޮކްރެޓްސްއިން ކާމިޔާބުކޮށްފި

Sat, 04 May 2024 10:59 PM

View on this article on DhiDaily

މަޑުއްވަރީ ކައުންސިލްގެ ރައީސް ބައި-އިލެކްޝަން ދަ ޑިމޮކްރެޓްސްއިން ކާމިޔާބުކޮށްފި

މިއަދު ބޭއްވި ‏މ.މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމުގެ ބައި-އިލެކްޝަން ދަ ޑިމޮކްރެޓްސްއިން ކާމިޔާބުކޮށްފިއެވެ.



ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުޙައްމަދު އާޒިމް ޢަލީގެ އިތުރުން މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޢަބްދުﷲ ޢަލީއެވެ.

މުޙައްމަދު އާޒިމް ޢަލީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓްގެ މައްޗަށް ކުރިހޯއްދަވައި 194 ވޯޓާ އެކުގައެވެ.

ޕީއެންސީގެ ކެނޑިޑޭަޓަށް ލިބިފައިވަނީ 144ވޯޓެވެ.

މިއީ ދަ ޑިމޮކްރެޓްސްއަށް އިންތިޚާބަކުން ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

ޑިމޮކްރެޓްސްއިން ވަނީ މުޙައްމަދު އާޒިމް ޢަލީއަށް ވޯޓުދެއްވި އެންމެހަާ ރައްޔިތުންނަށާއި ކޭމްޕޭން ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.



More from DhiDaily