އައްޑޫގެ މަގުހެދުމުގެ މަޝްރޫއުގެ %86 ވަނީ ނިމިފައި: ކޮންސްޓްރަކްޝަން މިނިސްޓްރީ

Sat, 04 May 2024 10:29 PM

View on this article on DhiDaily

އައްޑޫގެ މަގުހެދުމުގެ މަޝްރޫއުގެ %86 ވަނީ ނިމިފައި: ކޮންސްޓްރަކްޝަން މިނިސްޓްރީ

އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ 86 އިންސައްތަ ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.



އެ މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ނަޒީމް އައްޑޫ ސިޓީގެ މަގުހެދަމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިއަދު ބައްލަވައިލައްވައިފައިވާ ކަމަށެވެ.

މީގެއިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓްއާއި ބައްދަލު ކުރައްވައި މި މަޝްރޫއުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަައިފައިވާ ކަމަށެވެ.

މިނިސްޓްރީއިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ 86.25 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގެ 100 ކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ މަގު ހަދާނެއެވެ. މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޖީކޭޑީ ކުންފުންޏާއި އެފްކޮންސް ކުންފުނިންނެވެ.



More from DhiDaily