Mon, 22 Apr 2024 09:16 PM

View on this article on Bonthi News

ފެނިގެން މިދިޔައީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ ތަސައްވުރުތައް ބަލައިގަތް މަންޒަރު ކަމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ އިބްރާހިމް އަބާން އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބާން ވިދާޅުވީ ރައީސް މުއިއްޒުގެ މި ހިނގަމުންދާ ވެރިކަމުގެ ފުރަތަމަ 5 މަސް ދުވަހު އެމަނިކުފާނު ކުރެއްވެވި ވެރިކަން ރައްޔިތުން ބަލައިގަނެފައިވާ މަންޒަރު ފެނިގެން ހިނގައްޖެ ކަމުގައެވެ.

”ހާމަވެގެން ދިޔައީ ރައްޔިތުން ތިބީ ރައީސް އާއެކު ފާގަތި 5 އަހަރު ހޯދުމަށް ތައްޔާރަށް ކަން.“ އަބާން ވިދާޅުވިއެވެ.

93 ދާއިރާގެ މެދުގައި އިއްޔެ ބޭއްވުނު އިންތިހާބުގައި ޕީއެންސީން ވަނީ 68 ގޮނޑި ކާމިޔާބު ކޮށްފައެވެ.





More from Bonthi News