ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓެއް އަލުން ގުނަން އީސީއަށް ހުށަހަޅައިފި

Tue, 23 Apr 2024 02:18 PM

View on this article on Bonthi News

ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓެއް އަލުން ގުނަން އީސީއަށް ހުށަހަޅައިފި

މިމަހުގެ 21 ވަނަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގދ.ތިނަދޫ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްއެންޔޫ ކެމްޕަސްގައި ބެހެއްޓި ތިނަދޫ ދެކުނު ދާއިރާގެ 5 ނަންބަރު ވޯޓު ފޮށި އަލުން ގުނަން ހުށަހެޅީ އެދާއިރާއަށް ޕީއެންސީން ވާދަކުރެއްވި އަބްދުﷲ ޝަރީފްގެ ފަރާތުންނެވެ. ސަބަބެއް ކަމުގައި ޝަރީފްގެ ކެމްޕެއިން ޓީމުން ފާހަގަކޮށްފައިވަނީ ވޯޓު ގުނި ވަގުތު ޝަރީފްގެ ކެންޑިޑޭޓް ނަންބަރު 2 އާ ދިމާލުގައި ހުރި ވޯޓު ކަރުދާސް ބޮނޑި އާއި އަމިއްލަގޮތުން ވާދަކުރެއްވި މުހައްމަދު އަލްސަން އަހުމަދުގެ ކެންޑިޑޭޓް ނަންބަރު 1 އާ ދިމާލުގައި ހުރި ވޯޓު ކަރުދާސް ބޮނޑި އަށް ބެލުމުން 54 ވޯޓުގެ ފަރަގު ހުރެދާނެ ކަމަށް ގަބޫލު ނުކުރެވުމެވެ. އަދި 30 މިނިޓް ތެރޭ ވޯޓު ގުނި ގޮތާއި މެދުވެސް ޝަރީފްގެ ކެމްޕެއިން ޓީމުން ވަނީ ސުވާލު އުފައްދާފައެވެ.

ވޯޓު ފޮށި ގުނާފައިވަނީ ޝަރީފްގެ ފަރާތުން އެއްވެސް އޮފިޝަލެއް ނެތް ވަގުތެއްގައި ކަންވެސް އެބޭފުޅާގެ ކެމްޕެއިން ޓީމުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު ”ބޮންތި“ އަށް ވިދާޅުވީ ފޮށިތައް ކަނޑައި، އަލުން ގުނާގޮތަށް ހަމަޖެހިފައި ނުވިނަމަވެސް އެފަދަ ކަންކަން ނުބައްލަވާ ދޫކޮށްނުލައްވާނެ ކަމުގައެވެ.





More from Bonthi News