ރައީސްގެ ނިންމެވުމާއި އެއްގޮތަށް ރޯދަ މަހުގެ ކަރަންޓު ބިލަށް ވާނީ ރަނގަޅު ޑިސްކައުންޓެއް ދެވިފަ: އެމްޑީ ފަހުމީ

Sun, 28 Apr 2024 05:15 PM

View on this article on Bonthi News

ރައީސްގެ ނިންމެވުމާއި އެއްގޮތަށް ރޯދަ މަހުގެ ކަރަންޓު ބިލަށް ވާނީ ރަނގަޅު ޑިސްކައުންޓެއް ދެވިފަ: އެމްޑީ ފަހުމީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށް ރޯދަ މަހުގެ ކަރަންޓު ބިލުން ޑޮމެސްޓިކް ކޮންސިއުމަރުންނަށް ޑިސްކައުންޓު ދީފައިވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.



ކަރަންޓު ބިލުގެ ޑިސްކައުންޓާއި ގުޅޭގޮތުން އާންމުންގެ މެދުގައި ޝަކުވާތައް އިތުރުވެފައިވަނިކޮށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ބައިވެރިވެވަޑައިގެން ފަހުމީ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި އެކު އަބަދުވެސް އޭގެ އަސަރު ކަރަންޓު ބިލުތަކުން ފެންނަ ކަމުގައެވެ.

”ރޯދަ މަހަކީ އާންމު ދިރިއުޅުމުގެ ހަރަދު ބޮޑު މަހަކަށްވުމާއެކު އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ. ހުރިހާ ޑޮމެސްޓިކް ކޮންސިއުމަރުންނަށް ވެސް އެ ޑިސްކައުންޓު ދީފަވާނެ.“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ރޯދަ މަހުގެ ޕީކާއި، އެހެން މަސްތަކުގެ ޕީކް އާއި ތަފާތު ހުންނަ ކަމަށާއި، އާދައިގެ ދުވަސްތަކުގައި މެންދުރު ޕީކްވި ނަމަވެސް، ރޯދަ މަހުގެ ޕީކް ގަޑި އަންނަނީ ހަވީރުގެ ވަގުތުތަކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ބައެއް ކަސްޓަމަރުންގެ ބިލުގައި ރޯދަ މަހުގެ މަދު ދުވަސްތަކެއް ޑިސްކައުންޓާއި އެކު ލިބުނުކަން ގަބޫލު ކުރާއިރު، ޖުމްލަކޮށް ގިނަ ކަސްޓަމަރުންނަށް ބިލް ދެވިފައި ހުންނާނީ ރަނގަޅަށް ކަަން އޭނާ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ބިލިންގެ ސައިކަލް ހުންނަ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހާއި ފަހު ދުވަހު މާލެއިން ސަރަހައްދުން 48،000 ކޮންސިއުމަރުންގެ ރީޑިން ނެގުން ފަސޭހަކަމަކަށް ނުވާނެ ކަމުގައެވެ. އަދި ބިލް ކުރާ ޕީރިއަޑްއަށް ބަދަލު ގެނެސްފިނަމަ އެކަމުގެ އުނދަގޫތައް ކަސްޓަމަރުންނަށް ދިމާވާނެކަމުގައި އޭނާ ވިދާޅުވިއެވެ.



More from Bonthi News