ޕީއެންސީ ދެން ނުހުއްޓުވޭނެ، ސުޕަމެޖޯރިޓީގެ އަދަދު 76 އަށް!

Wed, 24 Apr 2024 04:23 PM

View on this article on Bonthi News

ޕީއެންސީ ދެން ނުހުއްޓުވޭނެ، ސުޕަމެޖޯރިޓީގެ އަދަދު 76 އަށް!

މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރެއްވި ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

މި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ، އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީން ވަކިވެވަޑައިގަތުމަށްފަހު އަލުން މިއަދު އެޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނެވެ.

އެއީ:

– މަތިވެރި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން ޒަރީރު

– މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ޒަމީރު

– ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ރިޔާޒް

– ނައިފަރުގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ

– ވިލިނގިލި ދާއިރާގެ އިންތިހާބީ މެންބަރ އާޒިމް އަބްދުލް އަޒީޒް

– ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމް

މިބޭފުޅުންގެ ތެރެއިން އަލަށް ޕީއެންސީ އަށް ސޮއިކުރެއްވީ އަހުމަދު ރިޔާޒެވެ.

ޕާޓީ ބަދަލުކުރިކަން އިލެކްޝަނަށް އަންގާ ހިސާބުން ގޮނޑިން އިސްތިއުފާދޭންޖެހޭ ގޮތަށް ގާނޫނު މިހާރު އޮތް ނަމަވެސް، މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ދެން ވާނެ ގޮތެއް ގާނޫނުގައި ލިޔެފައި ނެތެވެ.





More from Bonthi News