ގައުމިއްޔަތު

Wed, 24 Apr 2024 12:29 AM

View on this article on Adhives Online

ގައުމިއްޔަތު

ގައުމިއްޔަތުގެ އަރުކާނަކީ އެބަޔަކު އެނގޭންހުރި ބައިތަކޭ
ގައުމީބަހާއި ސަގާފަތާ އެބައެއްގެ ހުރިހައި ސިފަތަކޭ



ކަންވެރިކަމާ ބޭސްވެރިކަމާ މަސްވެރިކަމާ އެކި ކެޔޮޅުކަން
ފަންނިއްޔަ މޮޅު މާވަޑިކަމާ ކުޅިވަރު ކުޅުނުހައި ގޮތްތަކޭ

އެކުވެރިކަމާ އަޚުވަންތަކަން ދެނެހެއްޓުމަށްދިން އިސްކަމާ
އެކުލެވި ޚުލުޤުގައި ލާމެހުނު ރަޙުމުގެ އަސާސީ ސިފަތަކޭ

ރަށްފުށުގެ ދިރިއުޅުމުގެ ތެރޭ ކިޔަމަން ވެރީންނަށް ވީގޮތާ
ފައްކާކުރާ ޅަދަރީން ބޮޑުވެ އުޅެފައިވިހައި ހެޔޮ ގޮތްތަކޭ

ބަސްމަގު ރިވެތި ބަޔަކަށްވުމާ އިސްމީހުނަށް ކިޔަމަންވުމާ
ނަސްލީ އަރައިރުންނެތި މިތާ އުޅެ އިސްވެދިހައި ގޮތްތަކޭ

ބޭރުގެ ސަގާފަތް ގައުމުގައި އަށަގަތަ ނުދީ ތިބުމަށްޓަކައި
އޭރުގެ ދޮށީމީހުން މޮޅަށް ހާނައި ދަރީންހެދި ގޮތްތަކޭ

އިސްލާންވުމަށް ފަހުގައި މިތާ ދީނީ ޢަޤީދާ ފަތުރުވައި
ޖިސްމާ ޢަޤުލު ދީނުގެއިމަށް ފުރޮޅައިލި ހުރިހައި ގޮތްތަކޭ

ނުލައެއް ބަހާ ދިވެހީންނަކީ ދިވެހީންކަމަށް ނުމެވާކަމުން
ކުލަޖެއްސުމީ ގައުމިއްޔަތުގެ ގައުމިއްޔަތަށްދޭ ދިރުމެކޭ

The post ގައުމިއްޔަތު first appeared on އަދިވެސް އޮންލައިން.



More from Adhives Online