ފެނަކައިން ޑިސްކައުންޓް ބިލްތައް ފޮނުވަން ފަށައިފި

Mon, 06 May 2024 02:42 AM

View on this article on Adhives Online

ފެނަކައިން ޑިސްކައުންޓް ބިލްތައް ފޮނުވަން ފަށައިފި

ރޯދަ މަހުގެ ބޭނުންކުރި ފެނާއި ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދިނުމަށްފަހު އެޕްރީލް މަހުގެ ބިލްތައް ފެނަކައިން ފޮނުވަން ފަށައިފި އެވެ.



ޕެނަކައިން ބުނީ އާއްމު މަސްމަހަށް ވުރެ ރޯދަ މަހު ބޭނުންކުރި ކަރަންޓް ބިލަށް ޑިސްކައުންދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިންމަވައިފައިވާ އުސޫލުން އެޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން އެޕްރީލް މަހުގެ ބިލަށް ޑިސްކައުންްޓް ދިނުމަށް ފަހު ކަސްޓަމަރުންނަށް ފޮނުވަން ފަށައިފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ބުނީ ޑިސްކައުންޓް ހިމެނުމުގެ ކުރިން ބިލް ދައްކާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހުގެ ބިލުން ޑިސްކައުންޓަށްވީ ބައި އުނިކުރެވޭނެ ކަމަށެވެ.

"ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ވިސްނުންފުޅާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައިދިނުމަށް ކަމުގައި ފާހަގަކުރަން،" ފެނަކައިން ނެރުނު ބަޔާނެއްގައިވެއެވެ.

އާއްމު ގޭބިސީތަކުން ފެނާއި ކަރަންޓު ރޯދަ މަހު ބޭނުންކުރި ބިލަށް ފެނަކައިގެ އިތުރުން ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީން ވެސް ވަނީ އެޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދީފަ އެެވެ.

The post ފެނަކައިން ޑިސްކައުންޓް ބިލްތައް ފޮނުވަން ފަށައިފި first appeared on އަދިވެސް އޮންލައިން.



More from Adhives Online