ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝިފާން އެ މަގާމުން ވަކިކޮށްފި އެވެ.
ކުރިން ވެސް ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރެއްވި ޝިފާނު އެ މަގާމަށް އަލުން އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.
ނަމަވެސް ޝިފާން ތަރުޖަމާނުގެ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮސް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެންވެ އޭނަ މަގާމުން ވަކިކުރި ސީދާ ސަބަބެއް ވެސް ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ތަރުޖަމާނުގެ މަގާމުގެ އިތުރަށް އޮފީސް އޮފް ދި ކޮމިޝަނާގެ ވެރިޔާގެ މަގާމުން ވެސް ޝިފާން ވަނީ ވަކިކޮށްފަ އެވެ.
The post ފުލުހުންގެ ތަރުޖަމާނުކަމުން ޝިފާން ވަކިކޮށްފި appeared first on adduLIVE.