ބޮޑު ކުރަންވީ ޓެކްހެއް ނޫން، ހަރަދުތައް ކުޑަކުރަންވީ

Tue, 22 Oct 2024 11:29 AM

View on this article on adduLive

ބޮޑު ކުރަންވީ ޓެކްހެއް ނޫން، ހަރަދުތައް ކުޑަކުރަންވީ

ޓެކްސްތައް ބޮޑުނުކޮށް މި ސަރުކާރުން އިހުލާސްތެރިކަމާ އެކީ ކުރަންވީ ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.



އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ސަރުކާރުން މި ވަގުތު ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ބޭކާރު ޚަރަދުތައް ކުޑަކުރުން ކަމަށެވެ. އެކަމަކު އެކަމުގައި ސަރުކާރުގެ އިޚްލާސްތެރި ނިޔަތެއް ނެތް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ސިޔާސީ މަޤާމުތަކުގެ މުސާރައަށް ގާތްގަނޑަކަށް ބައިބިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ޚަރަދުވާނެ ކަމަށެވެ. އެކަމަކު ސަރުކާރުން ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަނީ 228 މަޤާމު އުވާލައިގެން އެންމެ 5 މިލިއަން ރުފިޔާ ސަލާމަތް ކުރާ ވާހަކަ އޭނަ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ ސަރުކާރުގެ މާލީ ސިޔާސަތު ފެއިލްވުމުން ކަމަށެވެ.

"ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުގެ ފައިނޭންސިން ސްޓްރެޓެޖީ ފެއިލްވުމުން. މި އހަރުގެ ބަޖެޓަށް 400 މިލިއަން ޑޮލަރު ހޯދާނެ ކަމަށް ވިދާޅުވި،" އޭނަ ވިދާޅުވި އެވެ. "އަދި އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރާނެ ގޮތެއް ވެސް ނޭނގޭ. ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމާ އެމްޑީޕީ ދެކޮޅު."

އަމީރު ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑު ކުރަން މަސައްކަތް ކުރަން ނިންމި އިރު، މިއީ ވެރިކަމަށް އަންނަންވޮ ވައުދުތަކާ ވެސް އިދިކޮޅު ސިޔާސަތެއް ކަމަށެވެ.

The post ބޮޑު ކުރަންވީ ޓެކްހެއް ނޫން، ހަރަދުތައް ކުޑަކުރަންވީ appeared first on adduLIVE.



More from adduLive