ޓެކްސް ބޮޑުކުރަން ތާއީދު، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ނިންމައިފިން

Tue, 22 Oct 2024 11:15 AM

View on this article on adduLive

ޓެކްސް ބޮޑުކުރަން ތާއީދު، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ނިންމައިފިން

ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑުކުރުމަށް ތާއީދުކުރައްވާ ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅޭ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑު ކުރުމަކީ ގައުމުގެ މުސްތަގުބަލަށް މުހިންމު ނިންމުމެއް ކަމަށެވެ. އޭނާއަކީ "ދުވާލަކު ދެ ފޮށި ސިނގިރޭޓު މިހާރު ވެސް ބޯ މީހެއް" ކަން ފާހަގަކޮށް އައްބާސް ވިދާޅުވީ، ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓު ބުއިން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު އެވެ.

މި ބިލުގައި ވަނީ ސިނގިރޭޓާއި ވޭޕް އަދި ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުމަށް ނިންމާފަ އެވެ. އިސްލާހުގައިވާ އާ ރޭޓުގެ ދަށުން އާ އިމްޕޯޓު ޑިއުޓީ ނަގަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

The post ޓެކްސް ބޮޑުކުރަން ތާއީދު، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ނިންމައިފިން appeared first on adduLIVE.



More from adduLive