ސަމާހް މަރުވި މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

Tue, 22 Oct 2024 11:34 AM

View on this article on adduLive

ސަމާހް މަރުވި މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

ހުޅުމާލޭގައި ސްޕޯޓްސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.



މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މިމައްސަލައިގައި ދައުވާ ކުރުމަށް އޮކްޓޫބަރު 19 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސެންޓްރަލް ޕާކް ކައިރީ ހިނގި އެކްސިޑެންޓެއްގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23، އެވެ. އޭނާ މަރުވީ އެކްސިޑެންޓާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން މައުލުމާތު ދީފައިވެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ.

The post ސަމާހް މަރުވި މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި appeared first on adduLIVE.



More from adduLive