"ހާލު ކިހިނެއް؟" ޕްރޮގްރާމް އައްޑޫގައި

Tue, 22 Oct 2024 10:59 AM

View on this article on adduLive

"ހާލު ކިހިނެއް؟" ޕްރޮގްރާމް އައްޑޫގައި

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމް އައްޑޫގައި ފަށައިފި އެވެ.



މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް އައްޑޫގެ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް، ޢާއިލާތަކުގެ އާންމު ހާލަތު ބެލުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ 241 ގޭބިސީއަކަށް ޒިޔާރަތްކޮށްފައިވެ އެވެ.

މި ޕްރޮގްރާމުގެ ތެރެއިން އައްޑޫގެ ހުރިހާ އަވަށެއްގެ ގެތަކަށް ވެސް މިނިސްޓްރީގެ ޓީމުތައް އަންނަނީ ޒިޔާރަތްކުރަމުންނެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށްޓަކައި މެއި މަހު ފެށި ޕްރޮގްރާމެކެވެ.

މިނިސްޓްރީން ބުނީ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތައް ޙައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ އެކީ މިނިސްޓްރީން ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިނިސްޓްރީން ވަނީ މި ޕްރޮގްރާމުގެ ދަށުން އަވަސް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޯލް ސެންޓަރު 1433 އަށް ގުޅައި މައުލޫމާތު ހިއްސާކޮށް ދޭން ވެސް އެދިފަ އެވެ.

The post "ހާލު ކިހިނެއް؟" ޕްރޮގްރާމް އައްޑޫގައި appeared first on adduLIVE.



More from adduLive