ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން؛ ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރަން ގޮވާލައިފި

Tue, 22 Oct 2024 10:49 AM

View on this article on adduLive

ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން؛ ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރަން ގޮވާލައިފި

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއެކު ކަމާގުޅޭ ޤާނޫނުތަކާއި ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނަައިބު ރައިސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ގޮވާލައްވައިފި އެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅޭ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން މި ބިލަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރާއިރު ހަރުދަނާ ގޮތެއްގައި ކުރަންޖެހޭ އިތުރު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ސިނގިރޭޓުން ނަގައި ޑިއުޓީ ބޮޑުކުރުމާ އެކު، އަގުހެޔޮ ބްރޭންޑްތަކުގެ ސިނގިރޭޓު އެތެރެކުރުމުގެ ބިރު އޮތްކަން ނާޒިމް ފާހަގަ ކުރެއްވި އެވެ. އަދި އެފަދަ ބާވަތްތަކުގެ ސިނގިރޭޓަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި އެއްޗިއްސަށްވުރެ މާ ގެއްލުން ބޮޑު އެއްޗިހި ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންކަމުން ނާޒިމް ވަނީ ކަމާ ގުޅުންހުރި ގަވައިދުތައް ރަނގަޅަށް ތަންފީޒުކޮށް، ބްލެކް މާކެޓްގައި އެއްޗެއްހި ނުގެނެވޭނެ ގޮތްތަކެއް ރާވައި، އެފަދަ އެއްޗެހި ސްމަގަލް ނުކުރެވޭނެ ގޮތްތަކެއް ހެދުމަށް ގޮވާލައްވާފަ އެވެ.

މީގެއިތުރުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ ރައްޔިތުންގެ ދުޅަހެޔޮކަން ޔަގީންކުރުމަށްޓަކައި ހަމައެކަނި ދުންފަތުގެ ބާވަތްތަކަށް އަމާޒުކޮށްގެން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ހަކުރު ބާވަތްތަކުން އަދި ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ނެގުން މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ކުރަންޖެހޭ ކަމަށެވެ.

The post ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން؛ ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރަން ގޮވާލައިފި appeared first on adduLIVE.



More from adduLive