އިންޑިއާ ދިން ޑޯނިއާ ބޯޓް އަލުން ބޭނުން ކުރަނީ

Sat, 27 Jul 2024 11:34 AM

View on this article on adduLive

އިންޑިއާ ދިން ޑޯނިއާ ބޯޓް އަލުން ބޭނުން ކުރަނީ

ރާއްޖޭގައި ބޭނުން ކުރަމުން އައި އިންޑިއާގެ ޑޯނިއާ މަތިންދާބޯޓްގައި އަލުން ބަލި މީހުން އުފުލަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.



އެ ބޯޓަކީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައި އޮތް ވައިގެ އުޅަނދުތަކުގެ ތެރެއިން އެކައްޗެވެ. މި ސަރުކާރުން ވަނީ ޑޯނިއާ އާއި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައި، އެ އެއްޗެހި ބޭނުން ކުރަން ހުއްޓާލައިފަ އެވެ.

އެކަން ކުރީ ރައީސްގެ ރިޔާސީ ވައުދެއްގެ ގޮތުގަ އެވެ.

އިއްޔެ ފާހަގަކުރި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ރޭ ވިދާޅުވީ ޑޯނިއާ މަތިންދާބޯޓް މިހާރު އަލުން ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބަލި މީހަކު ގޮވައިގެން އެ ބޯޓު ރޭ ހަނިމާދޫން މާލެ އަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ރައީސް ޝުކުރު ވެސް އަދާކުރެއްވި އެވެ.

އިންޑިއާ އިން ދިން އުޅަނދުތައް ބޭނުން ކުރަން ހުއްޓާލައި ސަރުކާރުން ވަނީ ބަލި މީހުން އުފުލަން މޯލްޑިވިއަންގެ ބޯޓްތަކެއްގައި އެއާ އަދި ސީ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށައިފަ އެވެ. އަދި ވަރަށް އަވަހަށް އަމިއްލަ ހެލިކޮޕްޓަރު ވެސް ބޭނުން ކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

The post އިންޑިއާ ދިން ޑޯނިއާ ބޯޓް އަލުން ބޭނުން ކުރަނީ appeared first on adduLIVE.



More from adduLive