އަކްޝޭ އާއި އަނަންޔާގެ ފިލްމަށް ތާރީހެއް

Fri, 18 Oct 2024 10:45 AM

View on this article on adduLive

އަކްޝޭ ކުމާރާއި ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ މުހިއްމު ރޯލުތަކުން ފެންނާނެ ޕީރިއަޑް ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހު، އެ ފިލްމު އުފައްދާ، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން މިއަދު އިއުލާންކޮށްފި އެވެ.



ޝޫޓިން ނިންމާލައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގައިއަކްޝޭގެ ފިލްމު ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސް އިން ވެސް ހިއްސާވާއިރު، ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ މާޗް 14 ގަ އެވެ.

ވާކިން ޓައިލްޓްގެ ގޮތުގައި "ސަންކަރާ" ބޭނުން ކުރަމުން އައި ފިލްމުގެ ކާސްޓްގައި އާރް މާދްވަން ވެސް ހިމެނެ އެވެ. މި ފިލްމު ދަރުމާ އިން އިއުލާންކުރީ 2021 ގެ ޖޫން މަހުގެ ތެރޭގަ އެވެ.

މި ފިލްމަކީ އިނގިރޭސީންގެ އަޅުވެތިކަމުގައި އިންޑިއާ އަށް ދުވަސްވަރުގެ ވާހަކައެއް ކިޔައި ދޭނެ ފިލްމެކެވެ. ފިލްމު ބިނާކޮށްފައި ވަނީ ލިޔުންތެރިން ކަމަށްވާ ރަގޫ ޕަލަޓް އާއި ޕުޝްޕާ ޕަލަޓް ލިޔެފައިވާ ފޮތް "ދަ ކޭސްޓް ދެޓް ޝުކް ދި އެމްޕަޔާ" އަށެވެ. މި ބިނާކޮށްފައި ވަނީ އިނގިރޭސީންގެ ރަސްކަމާ ދެކޮޅަށް ވަކާލާތުކުރި ސީ ސަންކަރަން ނައިރްއަށެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ކަރަން ސިންގް ތިއާގީ އެވެ.

The post އަކްޝޭ އާއި އަނަންޔާގެ ފިލްމަށް ތާރީހެއް appeared first on adduLIVE.



More from adduLive