ރަސްދޫ ހައުސިން ޕްރޮޖެކްޓް ފަށަން ތައްޔާރުވެއްޖެ

Fri, 18 Oct 2024 10:30 AM

View on this article on adduLive

ރަސްދޫ ހައުސިން ޕްރޮޖެކްޓް ފަށަން ތައްޔާރުވެއްޖެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އއ.ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް ތައްޔާރީތައް ވާން ފަށައިފި އެވެ.



ހައުސިން މިނިސްޓްރީން ބުނީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ވެސް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭޢގެ ތެރޭގައި ހިލަވެއްޔާއި ސިމެންތި އާއި ދަގަނޑުގެ އިތުރުން މަސައްކަތަށް ބޭނުންވާ މެޝިނަރީ ވެސް ހިމެނެ އެވެ.

ރަސްދޫގައި ހައުސިން ޔުނިޓްތަކެއް އަޅަން އެސްއޭ ކޮންސްޓްރަކްޝަނާ އެކީ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ގަ އެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ މަސައްކަތް ފަށާތާ 9 މަސްތެރޭފައި ނިންމާ ގޮތަށެވެ. އަދި

މަޝްރޫއުގެ އަގަކީ 84.2 މިލިއަން ރުފިޔާ އެވެ.

މިނިސްޓްރީން ބުނީ ރަސްދޫގެ ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، މަޝްރޫއަށް ބަދަލުތަކެއް ވެސް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރިން ރަށުގެ ދެ ސަރަޙައްދެއްގައި ހައުސިން ޔުނިޓްތައް އަޅަން ނިންމި ނަމަވެސް މިހާރު ހުރިހާ ޔުނިޓްތަކެއްއް ރަށުގެ އެއް ސަރަޙައްދުގައި އަޅާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިއިން ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެ އެވެ. އަދި ކޮންމެ ޔުނިޓެއްގައި ސިޓިން ރޫމާއި 3 ކޮޓަރިއާ އި، 3 ފާހާނާ އާއި، ބަދިގެ އާއި ކާގެ އަދި ލޯންޑަރީ އާއި ސްޓޯރޫމް ވެސް ހުންނާނެ އެވެ.

ރަސްދު އަކީ އާބާދީގައި 1،200 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

The post ރަސްދޫ ހައުސިން ޕްރޮޖެކްޓް ފަށަން ތައްޔާރުވެއްޖެ appeared first on adduLIVE.



More from adduLive