ނޯޓިލަސް އިން އިތުރު ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

Fri, 18 Oct 2024 10:16 AM

View on this article on adduLive

ނޯޓިލަސް އިން އިތުރު ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި

ނޯޓިލަސް ފައުންޑޭޝަނުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.



ފުރުސަތު ހުޅުވައިލީ ހަތަރު ދާއިރާއެއްގެ ހަތަރު ކޯހަކަށެވެ. ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލީ އަންނަ ނޮވެމްބަރު 30 ގެ ނިޔަލަށެވެ.

ނޯޓިލަސް ފައުންޑޭޝަނުން ބުނީ ފުރުސަތު ލިބޭ ފަރާތްތަކަށް ޓިއުޝަން ފީގެ އިތުރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެ މީހުން ކޯސް ފުރިހަމަ ކުރުމަށް ފަހު ރާއްޖޭގައި މަދުވެގެން ތިން އަހަރު މަސައްކަތް ކުރަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ހުޅުވާލި ސްކޯލާޝިޕްތައް:

* ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކަރީ
* އެއާކްރާފްޓް މެއިންޓަނަންސް ލައިސަންސް ޕްރޮގްރާމް
* މާސް ކޮމިއުނިކޭޝަންސް އަންޑަ ގްރެޖުއޭޓް ޑިގްރީ ސްކޯލާޝިޕް
* މެޑިކަލް ސްޕެޝަލައިޒޭޝަން ސްކޯލާޝިޕްސް

ނޯޓިލަސް ފައުންޑޭޝަން ބުނީ މެޑިކަލް ސްޕެޝަލައިޒޭޝަން ކިޔަވާ މީހުން ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި، ރީޖަނަލް ހޮސްޕިޓަލެއްގައި މަދުވެގެން އެއް އަހަރު މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކޮމާޝަލް ކުކަރީ ކޯސް ފުރިހަމަ ކުރާ މީހާއަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ވެސް ތަނަވަސްކޮށްދޭނެ ކަމަށް ނޯޓިލަސް ފައުންޑޭޝަނުން ބުންޏެވެ.

ސްކޯލާޝިޕްގައި ކިޔަވާ މީހުން ކޮންމެ މަހަކު ޕާފޯމަންސް، އެޓެންޑެންސް ހުށަހަޅަން ޖެހެ އެވެ.

ނޯޓިލަސް ފައުންޑޭޝަންގެ އެހީގައި މިހާރު ވެސް 12 މީހަކު އަންނަނީ ރާއްޖެއިން ބޭރުގައި ކިޔަވަމުންނެވެ.

The post ނޯޓިލަސް އިން އިތުރު ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި appeared first on adduLIVE.



More from adduLive