ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަނީ

Fri, 18 Oct 2024 10:06 AM

View on this article on adduLive

ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަނީ

ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަން ނިންމައިފި އެވެ.



އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އަބްދުﷲ ވިދާޅުވީ ބަޔޮސްފިއާ ރިޒާވްއަކަށް ވާން ބޭނުންވާ އަތޮޅުތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވައިލުމުން އެކަމަށް ޝައުގުވެރިކަން މިހާތަނަށް ފާޅުކުރީ ޅ. އަތޮޅު ކައުންސިލުން އެކަނި ކަމަށެވެ.

އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މި ދައުރުގެ ތެރޭގައި އިތުރު ތިން ސަރަހައްދެއް ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭގެ ތެރެއިން އެންމެ ފުރަތަމަ ކަނޑައަޅާ ސަރަހައްދަކީ ޅ. އަތޮޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތޯރުގް ވިދާޅުވީ އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން، ޔޫއެންޑީޕީން ހިންގާ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީން (ޖެފް) އިން މިހާރު ހަމަޖައްސާދީފައިވާ ކަމަށާއި އެ ޕްރޮޖެކްޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ޔުނައިޓެޑް ނޭޝަން އެޑިއުކޭޝަން އެންޑް ސައެންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒެޝަން (ޔުނެސްކޯ) އިން ބަޔޮސްފިޔަ ރިޒާވްގެ ގޮތުގައި ރާއްޖޭގައި ޙިމާޔަތްކޮށްފައި ވަނީ ޤުދުރަތީގޮތުން ހިތްގައިމު އަދި އެތަންތަނުގެ ބޭނުން އެކި ގޮތްގޮތައް ކޮށްގެން ނަފާ ހޯދޭނޭ ތަންތަނެވެ.

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ތަންތަން ކަނޑައަޅަނީ 10 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތަ ށްފަހު އެތަނެއް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ޙިމާޔަތްކޮށް ބެލެއްހެއްޓިފައިވާ މިންވަރު ދެނެގަތުމަށް ޚާއްސަ ސާވޭތަކެއް ކުރެ އެވެ. އަދި އެކަމުގެ މަޢުލުމާތުތައް ޔުނެސްކޯ އަށް ފޮނުވަން ޖެހެ އެވެ.

ނަތީޖާ ރަގަޅު ނަމަ އެތަނެއް އަނެއްކާވެސް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅި އެނަން ދެމެހެއްޓިދާނެ އެވެ.

ބަޔޮސްފިއާ ރިޒާވަކީ އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިނގާ އަދި ހަމައެޔާއެކު، ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތްކޮށް، އިގުތިސާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީ ވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިގުތިސާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެކެވެ.

ރާއްޖެ ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ފެށީ 2012 އެވެ. އެގޮތުން ބ. އަތޮޅަކީ ބައޮސްފިއާ ރިޒާވެކެކެވެ.

The post ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަނީ appeared first on adduLIVE.



More from adduLive