ްއެންމެ އުފާވެރި ގައުމަކީ ފިންލޭންޑް

Sat, 27 Jul 2024 10:49 AM

View on this article on adduLive

ްއެންމެ އުފާވެރި ގައުމަކީ ފިންލޭންޑް

ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ މަގާމު އަނެއްކާ ވެސް ފިންލޭންޑަށް ލިބިއްޖެ އެވެ.



މީގެ ކުރިން ވެސް ޖެހިޖެހިގެން ހަ ފަހަރު އެ މަގާމު ހޯދާފައިވާ ގައުމަށް މި އަހަރު އެންމެ އުފާވެރި ގައުމުގެ މަގާމު ލިބުނީ ހެޕިނެސް ސްކޯއަކަށް 7.741 ލިބިގެންނެވެ.

އދ. ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކް (އެސްޑީއެސްއެން) އިން ނެރޭ ވޯލްޑް ހެޕިނެސް ރިޕޯޓްގައި، އެންމެ އުފާވެރި ގައުމުތައް ކަނޑައަޅަނީ މައިގަނޑު ހަ ކަމަކަށް ބަލައިފަ އެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ހާލަތު (އާމްދަނީ)، މިނިވަންކަމާއި ހަމަޖެހުން، އިތުބާރާއި ޔަގީންކަން، އުމުރުގެ ދިގުމިން، އިޖުތިމާއީ ގުޅުމުގެ ބަދަހިކަން އަދި ހިތްހެޔޮކަމެވެ.

އާބާދީގައި 5،549،800 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފިންލެންޑަކީ ސިޔާސީ ހަމަނުޖެހުމާއި ކުށް ވެސް ވަރަށް މަދު ގައުމެކެވެ.

އެ ގައުމުގެ ފަހަތުން، އެންމެ އުފާވެރި 10 ގައުމުގެ ލިސްޓްގައި ދެން ހިމެނެނީ ޑެންމާކް، އައިސްލޭންޑް، ސްވިޑްން އިޒްރޭލް، ނެދަލޭންޑްސް، ނޯވޭ، ލަގްޒެމްބާގް، ސްވިޓްޒަލޭންޑް އަދި އޮސްޓްރޭލިއާ އެވެ.

The post ްއެންމެ އުފާވެރި ގައުމަކީ ފިންލޭންޑް appeared first on adduLIVE.



More from adduLive