މެޑިސިން ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ: ސަރުކާރު

Sat, 27 Apr 2024 10:41 PM

View on this article on adduLive

މެޑިސިން ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ: ސަރުކާރު

ގައުމީ ޔުނިވާސިޓީގެ ސުކޫލް އޮފް މެޑިސިން ގައި ކިޔަވަމުންދާ ދަރިވަަރުންނަށް ދެރަ ގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.



ސަރުކާރުން މި ޔަގީންކަން ދިނީ މެޑިސިން ކިޔަވާ ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އައިޖީއެމްއެޗް އަދި ގައުމީ ޔުނިވާސިޓީގެ އިސް ބޭފުޅުންނާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ނެރުނު ބަޔާނެއްގައި ބުނީ މި ބައްދަލްވުމުގައި ދަރިވަރުންގެ ހުރި ވަރަށް ގިނަ ކަންބޮޑުވުންތައް ތަފްސީލީ ގޮތެއްްގައި ހިއްސާކޮށްފައިވާ ކަމަށާއި މި ބައްދަލްވުމުގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ތައުލީމީ ހައްގުތައް ރައްކާތެރި ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން އެކަމަށް އިސްކަން ދެއްވާނެ ކަމާއި މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމުކޮށް ދެއްވާނެ ކަމުގެ ޔަގީން ކަމާއި ސިއްހީ ދާއިރާ އަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަން ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވިދާޅުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުންމީދު ދެއްވުމުން ހިތްތަކަށް ތަސައްލީއެއް ލިބިފައިވާ ކަމަށާއި މިކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަށްވެފައި މެޑިސިން ކިޔަވަމުންދާ 200އެއްހާ ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު އާވެފައިވާ ކަަމަށްވެސް ދަރިވަރުންގެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.

"އެހެން ކަމުން މި މައްސަލާގައި ދާއިމީ ހައްލަކާ ހަމައަށް ދިއުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެތީ މިހާރު ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިއެކޭ ވެސް އެއްފަދައިން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ހުރިހާ ދަރިވަަރުންގެ ވެސް އެދުމެކެވެ،" އެ ބަޔާނުގައިވެ އެވެ.

The post މެޑިސިން ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ: ސަރުކާރު appeared first on adduLIVE.



More from adduLive