ޒަމީރު ދިއްލީގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފި

Fri, 10 May 2024 06:02 AM

View on this article on adduLive

ޒަމީރު ދިއްލީގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިއު ދިއްލީގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފި އެވެ.



މިނިސްޓަރު ޒަމީރު ދިވެހިންނާ ބައްދަލުކުރެއްވީ ދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަރު ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ. މި ހަފްލާގައި ދިއްލީގައި ދިރިއުޅޭ ދިވެހި އާއިލާތަކުން ބައިވެރިވި އެވެ.

މި ބައްދަލުވުމަށްފަހު ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިއްލީގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދާނެ ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

The post ޒަމީރު ދިއްލީގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފި appeared first on adduLIVE.



More from adduLive