ގާޒާ އަށް އެހީ އެތެރެ ނުކުރެވޭތާ ތިން ދުވަސް

Fri, 10 May 2024 06:01 AM

View on this article on adduLive

ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ވަންދަން އޮންނަ ހަމަ އެކަނި އެއްގަމު މަގު ކަމަށްވާ ރަފާ ބޯޑަރު އިޒްރޭލުން ބަންދުކުރުމުން ގާޒާ އަށް އެހީ ނުވެއްދި ތިން ދުވަސް ވެއްޖެ އެވެ.



އދ. ގެ އެހީއާ ބެހޭ ވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވީ ރަފަހް ބޯޑަރު ބަންދުކުރުމާ ގުޅިގެން ގާޒާ އަށް އެއްވެސް އެއްޗެއް އެތެރެ ނުކުރެވި އަދި ގާޒާ އިން އެއްވެސް މީހަކަށް ބޭރަށް ވެސް ނުދެވޭތާ ތިން ދުވަސް ވެފައިވާ ކަމަށެވެ. މީގެ ސަބަބުން ގާޒާ އަށް ތެލާއި، ފެނާއި އެހީގެ ޓްރަކްތައް ފަދަ އެހީތައް ނުވެއްދޭ ކަމަށާއި މީގެ ސަބަބުން އާންމުން ބަނޑަށް މަރުވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ހާލަތަށް ގާޒާގެ ރައްޔިތުން ގޮސްފައިވާއިރު ވެސް އެމީހުންނަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށްވެސް ގްރިފިތްސް ވިދާޅުވި އެވެ.

އިޒްރޭލުން މިދިޔަ ހޯމަ ދުވަހުގެރޭ ރަފާހް އަށް ބޮން އަޅަން ފަށާފައިވާއިރު، އިޒްރޭލުން ބުނީ ރަފާހް އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް ކަމަށެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން ސަލާމަތް ކުރަން ކޮންމެހެން ވެސް ރަފަހްގައި އޮޕަރޭޝަނެއް ހިންގަންޖެހޭ ކަމަށްވެސް އިޒްރޭލުން ބުނެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 34،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

The post ގާޒާ އަށް އެހީ އެތެރެ ނުކުރެވޭތާ ތިން ދުވަސް appeared first on adduLIVE.



More from adduLive