ހުޅުދޫ އިން ޝާޑު އަށް ހޫނު މަރުހަބާއެއް

Fri, 26 Apr 2024 08:24 PM

View on this article on adduLive

ހުޅުދޫ އިން ޝާޑު އަށް ހޫނު މަރުހަބާއެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ކާމިޔާބީ އަށް ފަހު ހުޅުދޫ ދާއިރާ އަށް ވަޑައިގަތުމުން އެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.



މިއަދު ހަވީރު ޝާޑު ހުޅުދޫ އަށް ވަޑައިގަތުމުން ބޮޑުބެރުގެ ހަރަކާތްތަކާ އެކު ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ޝާޑު އަށް މަރުހަބާ ކިޔަން ހުޅުދޫގެ ގިނަ އަދަދެއްގެ އާންމުން ނިކުމެފައި ތިއްބެވެ.

ހުޅުދޫ ދާއިރާ 2014 އިން 2019 ވަނަ އަހަރާއި ހަމައަށް ތަމްސީލު ކުރެއްވި ޝާޑު މިފަހަރު އިންތިހާބު ކާމިޔާބު ކުރެއްވީ 1183 ވޯޓުންނެވެ. ޝާޑުއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ސާމިއު އަންވަރަށް ލިބުނީ 915 ވޯޓެވެ.

ޝާޑު މިފަހަރު މަޖިލީހަށް ވާދަކުރެއްވީ ދާއިރާގެ އެތައް ބައެއްގެ އެދުމުގެ މަތިންނެވެ. ޕީޕީއެމްގެ ވެރިކަމުގެ 5 އަހަރަކީ ޝާޑުގެ މަޖްލިސް މެމްބަރު ކަމުގައި ހުޅުދޫ ބަދަލުކޮށްލި 5 އަހަރެވެ.

ރަށުގައި ވަޒީފާ އުފައްދައި, ރަށް ދޫކޮށް ހިޖްރަ ކުރި އެތައް ބަޔަކު އެ ފަސް އަހަރުގައި އެނބުރި ރަށައް ބަދަލުވީ ޝާޑު ހުޅުދޫއަށް ގެނެސްދެއްވި ތަރައްޤީއިންނެވެ.



More from adduLive