ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި މާދަމާ އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ މާދަމާ އިން ފެށިގެން މި މަހުގެ 10 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވާނެ ކަމަށާއި އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
The post މިނިސްޓަރު ޒަމީރު މާދަމާ އިންޑިއާ އަށް ވަޑައިގަންނަވަނީ appeared first on adduLIVE.