ކެބިނެޓްގައި ނުކިޔަވާ ތިބި މީހުން ބޭތިއްބުމަކީ ހިޔާނާތެއް

Tue, 07 May 2024 07:51 PM

View on this article on adduLive

ކެބިނެޓްގައި ނުކިޔަވާ ތިބި މީހުން ބޭތިއްބުމަކީ ހިޔާނާތެއް

ކެބިނެޓްގައި ނުކިޔަވާ ތިބި މީހުން ބޭތިއްބުމަކީ ހިޔާނާތެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.



ޖަމީލު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓް ދިނީ ވަކި ވަޢުދުތަކެއް ގަބޫލުކޮށްގެން ކަމަށާއި އިތުބާރު ކުރީ ދެއްވި ޔަގީން ކަމަށެވެ.

"އެކަމަކު ރާއްޖެ ތަމްސީލު ކުރުމަށް ވަޒީރުންގެ މަޖިލީހުގައި ނުކިޔަވާ ތިބި މީހުން ބޭތިއްބެވުމަކީ ހަމަ ޚިޔާނާތެއް،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ރައީސް އޮފީހުގެ އިސް ވަޒީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަކީ ސިޔާސީ ރަޙުމަތްތެރިން ކަމަށް ވާތީ އެހެން ގޮތްގޮތުން ވެސް އިނާމު ދެވިދާނެ ކަމަށެވެ. އަދި ގައުމު ފަޟީޙަތްކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ޚާރިޖީ ވަޒީރު އދ ގެ ޖަލްސާތަކަށް ވަޑައިނުގެން ވަޒީރަކު ކޮންމެ ފަހަރަކު ފޮނުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ވަކި ޒިންމާތަކެއް އަދާ ކުރަން ޙަވާލުވާ ފަރާތްތަކުން އެކަން ޓެކްސް ދައްކާ ރައްޔިތުންނަށް ލުއިގޮތަކަށް އިންތިޒާމް ކުރަން ވާނެ ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

"އަބަދު ދަތުރު ހަދާ ބަޔާނެއް އިއްވަން ކޮންމެވެސް ވަޒީރަކު ދިއުމަކީ އިސްރާފެއް. ހަމަޖެހޭ ކަމެއް ނޫން،" ޖަމީލު ވިދާޅުވި އެވެ.

The post ކެބިނެޓްގައި ނުކިޔަވާ ތިބި މީހުން ބޭތިއްބުމަކީ ހިޔާނާތެއް appeared first on adduLIVE.



More from adduLive