ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލައިފި

Tue, 07 May 2024 06:45 PM

View on this article on adduLive

ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގައި މިއަދު މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފި އެވެ.



އެނގިފައިވާ ގޮތުގައި ޔޫއޭއީ އަށް ފުރަން ދިޔަ މީހާ މާރާމާރީ ހިންގީ އޭނަ ލަގެޖްގެ ބަރުވެގެން، ފައިސާ ދައްކަން އެދުމުން ރުޅިގަދަވެ، ޒުވާބުކުރުމަށް ފަހު އެވެ.

މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެއިން ފެންނަނީ ބިދޭސީ މީހާ ވަރަށް ބޮޑަށް ރުޅިގަދަވެގެން ގޮސް މުވައްޒަފެއްގެ ބޮލުގައި ޖަހައި ކޮއްޕައި ވައްޓާލަން ތަނެވެ. އަދި އޭނަ ހުއްޓުވުމަށް މަސައްކަތް ކުރި އެހެން މީހެއްގެ ގައިގައި ޖަހާތަން ވެސް ފެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ކޯޓުން ކުރީ ކޮން ޝަރުތެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

The post ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލައިފި appeared first on adduLIVE.



More from adduLive