އޭސީސީގެ "ކާތިބު" ލޯންޗްކޮށްފި

Fri, 26 Apr 2024 06:25 AM

View on this article on adduLive

އޭސީސީގެ "ކާތިބު" ލޯންޗްކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޖަލްސާތަކުގެ ޔައުމިއްޔާތަލާއި އެތަނން ބަލާ މައްސަލަތަކުގައި ދޭ ބަޔާންތައް ލިޔުމަށް ބަދަލުކޮށްދޭ އެޕްލިކޭޝަން "ކާތިބު" ލޯންޗްކޮށްފި އެވެ.



އެ އެޕް ލޯންޗްކޮށް ދެއްވީ އެކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި އޭސީސީގެ ރިޓަޔާޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން އަބްދުލްއަޒީޒު މޫސާ އެވެ.

އޭސީސީން ބުނީ "ކާތިބު" އަކީ، ކޮމިޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ފުރިހަމަކުރެވުނު ހާއްސަ އެއް މަސައްކަތް ކަމަށެވެ. އެގޮތުން އަލަށް ބޭނުން ކުރަން ފެށި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ދިވެހި ބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ގާބިލުކަން ހޯދޭނެ އެޕްލިކޭޝަނއް ކަމަށް ބުންޏެވެ.

އޭސީސީން ބުނީ މި އެޕްލިކޭޝަން ލޯންޗްކުރުމުގެ ކުރިން އެ އަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ހަތަރު ވަރަކަށް މަސް ދުވަހަށް އޭހެ މަސައްކަތްތައް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭސީސީން ބުނީ "ކާތިބު" އަކީ ކޮމިޝަންގެ ލިޔެކިޔުންތަކުގެ މަސައްކަތަށް ބޮޑު ލުއެއް ގެނެސްދީ، މަސައްކަތްތައް އަވަސްކޮށް ދޭނެ އެއްޗެއް ކަމަށެވެ.

"ކާތިބު" އެޕްލިކޭޝަން ޑިވެލޮޕްކޮށް ދިނީ އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުންޏެއް ކަމަށްވާ އޮކްސިގާއިންނެވެ.

ދާދި ފަހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް މިފަދަ އެޕެއް ބޭނުން ކުރަން ފަށާފައިވެ އެވެ.

The post އޭސީސީގެ "ކާތިބު" ލޯންޗްކޮށްފި appeared first on adduLIVE.



More from adduLive