ރިޓަޔާ ކުރާ އީސީގެ މެމްބަރުންނަށް އިނާޔަތްދޭ އިސްލާހު އުވާލައިފި

Sun, 05 May 2024 05:32 PM

View on this article on adduLive

ރިޓަޔާ ކުރާ އީސީގެ މެމްބަރުންނަށް އިނާޔަތްދޭ އިސްލާހު އުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުން ރިޓަޔާވުމުން ބޮޑެތި އިނާޔަޔްތައް ލިބޭ އިސްލާހު އެ ކޮމިޝަނުން އުވާލައިފި އެވެ.



އީސީން ބުނީ އިސްލާހު އުވާލީ ފިނޭންސް މިނިސްޓްރީން އެންގުމުން ކަމަށެވެ. އެ މިނިސްޓްރީން އެންގި އެންގުމުގައި ބުނެފައިވަނީ މުވައްޒަފެއްގެ މަގާމުގައި ހުރެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަނުވުމުން ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށެވެ.

މިިދިޔަ ފެބްރުއަރީ މަހު އަމަލުކުރަން ފެށި އެ އިސްލާހުގައި ބުނާގޮތުން އީސީގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރުކަމުގެ މުއްދަތު ގުނައި، އިނާޔަތް ދޭންވާނެ އެވެ.

އެގޮތުން ވަޒީފާ އިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސަންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

މުވައްޒަފަކު އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާވެ އިނާޔަތް ހޯދަން އެދިއްޖެނަމަ ދޭންޖެހޭނެ ކަމަށާއި އަދި އުމުރުން 55 އަހަރުވުމުން ކޮމިޝަނަށް ވެސް އެމީހަކު ރިޓަޔާކުރަން އެންގުމުގެ ބާރު އެ އިސްލާހުގައި ދީފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގައި މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި މެމްބަރު މުހައްމަދު އާސިފާއި މެމްބަރު ޑރ މުހައްމަދު ޒާހިރާއި މިިދިޔަ މަހު މެމްބަރުކަމަށް އައްޔަންކުރި މެމްބަރު ހަސަން ޒަކަރިއްޔާ އެވެ.

The post ރިޓަޔާ ކުރާ އީސީގެ މެމްބަރުންނަށް އިނާޔަތްދޭ އިސްލާހު އުވާލައިފި appeared first on adduLIVE.



More from adduLive