އަނަންޔާ އާއި އަދިތިޔާ ރުޅިވެއްޖެ!

Sun, 05 May 2024 05:54 PM

View on this article on adduLive

އަނަންޔާ އާއި އަދިތިޔާ ރުޅިވެއްޖެ!

ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ފަހުން ބޮލީވުޑްގެ ތަރިން ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި އަނަންޔާ ޕާންޑޭ މިހާރު ރުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.



ފިލްމީ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ މީޑިއާތަކުން މި ވާހަކަ މިއަދު ގެނެސްދީފައިވެ އެވެ. ނަމަވެސް މިކަމާ ގުޅިގެން އެ ދެ މީހުންގެ ފަރާތުން މިހާތަނަށް އެއްވެސް ބަހެއް ލިބިފައެއް ނުވެ އެވެ. އެހެންވެ ރުޅިވި ސަބަބެއް ސާފެއް ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އަނަންޔާ އާއި އަދިތީ ރުޅިކަމުގެ އަޑުތަކެއް ފެތުރުފައި މި ވަނީ އެ ދެ މީހުން ވަރަށް އަވަހަށް އެންގޭޖްވެ، މާ ލަސްތަކެއް ނުވެ ކައިވެނި ކުރަން ވެސް ޕްލޭންކޮށްފައިވާކަމުގެ ވާހަކަތަކެއް ވެސް މި ފަހުން ވަރަށް ގަދައަށް ދެކެވިފައި ވަނިކޮށެވެ. ފާހަގަކޮށްލެވޭ ކަމަކީ އަނަންޔާ އާއި އަދިތިޔާގެ ގުޅުމަށް އަނަންޔާގެ އާއިލާ ވެސް ވަރަށް ރުހޭކަމެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެ އާއިލާ އެކީ ސްޕެއިނަށް ޗުއްޓީ ދަތުރެއް ވެސް ކުރި އެވެ.

ދާދި ފަހުން އަނަންޔާ އާއި އަދިތިޔާ އިޝްތިހާރުތަކެއްގައި ވެސް އެކީގައި މަަސައްކަތްކޮށްފައިވާ އިރު، ދެ ތަރިން އެކީގައި ކުޅެން ފިލްމެއް ލިބިފައިވާކަމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.

އަނަންޔާ އަކީ މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިއެކެވެ. އޭނަ އަދިތިޔާއާ ރައްޓެހިވުމުގެ ކުރިން ޝާހިދު ކަޕޫރްގެ ކޮއްކޮ އެކްޓަރު އިޝާން ޙައްތަރުއާ ވެސް ރައްޓެހުވި އެވެ. އެ ގުޅުން ދެމިއޮތީ ގާތްގަނޑަކަށް ދޮޅު އަހަރެއްކާ ދުވަހަށެވެ. އަނަންޔާ އާއި އިޝާން ރައްޓެހިވީ އެކީގައި ކުޅުނު ފިލްމު 2021 "ކާލީ ޕީލީ" ގެ މަސައްކަތުގެ ތެރޭގަ އެވެ.

އަދިތިޔާ ކުރިން އޭނައާ އެކީގައި "އާޝިގީ 2" އާއި "އޯކޭ ޖާނޫ" ކުޅުނު ބަތަލާ ޝްރަދާ ކަޕޫރާ ރައްޓެހިވި އެވެ.

The post އަނަންޔާ އާއި އަދިތިޔާ ރުޅިވެއްޖެ! appeared first on adduLIVE.



More from adduLive