އަސްކަރީ ގުޅުމާ ގުޅޭ ގޮތުން އެމެރިކާއާ އެކީ މަޝްވަރާތަކެއް

Sun, 05 May 2024 05:33 PM

View on this article on adduLive

އަސްކަރީ ގުޅުމާ ގުޅޭ ގޮތުން އެމެރިކާއާ އެކީ މަޝްވަރާތަކެއް

އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންޑިފެންސް މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސް އެކީ މަޝްވަރާކޮށްފި އެވެ.



ޑިފެންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން މަޝްވަރާގައި އިސްކޮށް ހުންނެވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ. މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެޖުޓަންޓް ޖެނެރަލް ޖޯން ޕީޓާ ރޮނެކް ދަ ސެކަންޑް އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރީން ސޯޝަލް މީޑިއާގައި ބުނީ ރާއްޖޭގެ އަސްކަރިއްޔާ އާއި މޮންޓާނާގެ ނޭޝަނަލް ގާޑްސްއާއެކު އޮތް ގުޅުންތަކާއި އަދި ކުރިއަށް އޮތް ތަނުގައި އެކުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތަކެއްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީކެއް ހާމަނުކުރެ އެވެ.

މޮންޓާނާ ނޭޝަނަލް ގާޑްސްއާ އެކީ ސެޕްޓެމްބަރު 2020 ގައި ދެ ގައުމުގެ މެދުގައި އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އެޕްރީލް 2022 ގައި މޮންޓާނާ ނޭޝަނަލް ގާޑްސްގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމުން ފުރުސަތު ދިނުމަށް ވެސް ސޮއިކޮށްފައިވެ އެވެ.

ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ސަރުކާރުން އެކި ފަހަރު މަތިން އެމެރިކާގެ އަސްކަރިއްޔާގެ އެކި އިސް ފަރާތްތަކާ އެކީ އަސްކަރީ ގުޅުންތައް އިތުރުކުރުމާ ގުޅޭ މަޝްވަރާތަކެއް ބާއްވާފައިވެ އެވެ.

The post އަސްކަރީ ގުޅުމާ ގުޅޭ ގޮތުން އެމެރިކާއާ އެކީ މަޝްވަރާތަކެއް appeared first on adduLIVE.



More from adduLive