ފޮޑެންގެ ދެ ގޯލުން ސިޓީ އަށް ބޮޑު މޮޅެއް

Fri, 26 Apr 2024 05:58 AM

View on this article on adduLive

ފޮޑެންގެ ދެ ގޯލުން ސިޓީ އަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފިލް ފޮޑެންގެ ދެ ގޯލުން މެންޗެސްޓާ ސިޓީން 4-0 އިން ބްރައިޓަން ބަލިކޮށްފި އެވެ.



މި މޮޅާ އެކު 33 މެޗުން 76 ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ ދެވަނައިގަ އެވެ. އެއްވަނައިގައި 34 މެޗުން 77 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ތިންވަނައިގައި 34 މެޗުން 74 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

އަނިޔާގެ ސަބަބުން ސިޓީގެ ފޯވާޑް އާލިން ހާލަންޑާއި ނުލާ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި ކެވިން ޑި ބްރޭނާ ވަނީ ސިޓީ އަށް ލީޑު ނަގާދީފަ އެވެ. ކައިލް ވޯކާ ނަގައިދިން ހުރަހަކުން ޑި ބްރޭނާ މި ގޯލު ކާމިޔާބު ކުރީ ބްރައިޓަންގެ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 26 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ފޮޑެން ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ފޮޑެން ފޮނުވާލި ހިލޭޖެހުން ގޯލަށް ވަނީ ބްރައިޓަންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ފޮޑެން އެވެ. މިއީ ބްރައިޓަންގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބު ކުރި ގޯލެކެވެ. ސިޓީގެ ފަހު ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓްއާ އެވެ. ބްރައިޓަން ނިކުންނާނީ ބޯންމަތްއާ ދެކޮޅަށެވެ.

The post ފޮޑެންގެ ދެ ގޯލުން ސިޓީ އަށް ބޮޑު މޮޅެއް appeared first on adduLIVE.



More from adduLive