މާލޭ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަންނަން 2،000 ފޯމު

Sun, 05 May 2024 09:32 PM

View on this article on adduLive

މާލޭ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަންނަން 2،000 ފޯމު

އަންނަ ދިރާސީ އަހަރުގައި މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވެއްދުމަށް އެދި 2000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.



ދިރާސީ އައު އަހަރުގައި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާތަނަށް މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް ވެއްދުމަށް އެދި 2290 ފޯމް ލިބިފައިވާ ކަމަށެވެ. އަދި ގްރޭޑް 1 ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް އެދި 1450 ފޯމް ލިބިފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން އަތޮޅުތަކުގެ ސްކޫލްތަކުން މާލެ ސްކޫލްތަކަށް ބަދަލުވާން އެދި 790 ފޯމެއް ލިބިފައިވާ ކަމަށާއި، މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް އެދި 660 ފޯމް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މިނިސްޓްރީން ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހަޅާ ހުރިހާ ފޯމްތަކަށް މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޖަވާބު ފޮނުވާނެ ކަމަށް ބުނެފަ އެވެ.

The post މާލޭ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަންނަން 2،000 ފޯމު appeared first on adduLIVE.



More from adduLive