އުރީދޫ ހަދިޔާ ފޮށި: ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

Fri, 26 Apr 2024 05:59 AM

View on this article on adduLive

އުރީދޫ ހަދިޔާ ފޮށި: ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަނުން އިނާމު ހާސިލު ނަސީބުވެރި ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.



އުރީދޫ ހެޑްކުއާޓާޒްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރީ އަހްމަދު ފަޔާޒު އެވެ.

އިނާމުގެ ގޮތުގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޯބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަ ވެސް ހަވާލުކުރެވުނެވެ. ޑޭޓާ ޕެކް، ގޭމިން ޕެކް އަދި އިތުރު ގިނަ އިނާމު ތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމެނުނެވެ.

އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒު ވަނީ މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ އެންމެންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

"މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް. ހަދިޔާފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށްވެސް ކާމިޔާބު ކަމާއެކު،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް އިން އަންނަނީ ކޮންމެ ރޯދަ އަށް ހާއްސަ ކޮށްގެން ކަސްޓަމަރުންނަށް މިފަދަ އެތައް ހަދިޔާގެ ފުރުސަތުތަކާ ޕްރޮމޯޝަންތައް ހިންގަމުންނެވެ.

The post އުރީދޫ ހަދިޔާ ފޮށި: ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި appeared first on adduLIVE.



More from adduLive