ސްޓެލްކޯގައި ކެންޓީނެއް ހިންގާނެ ބަޔަކު ހޯދަނީ

Thu, 25 Apr 2024 06:10 PM

View on this article on adduLive

ސްޓެލްކޯގައި ކެންޓީނެއް ހިންގާނެ ބަޔަކު ހޯދަނީ

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެތަނުގައި ކެންޓީނެއް ހިންގައި ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.



އެ ކުންފުނިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުށަހެޅޭނީ ރެސްޓޯރެންޓް ނުވަތަ ކެޓަރިން ޚިދުމަތް ދިނުމުގައި މަދުވެގެން ަސްއަހަރުގެ ތަރުޖިބާ ލިބިފައިވާ ފަރާތްތަކެވެ. އަދި ބީލަމަށް ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައިވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅަން ޖެހޭނެ އެވެ.

އެފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގިއްޖެ ނަމަ ބީލަން ބާތިލުކުރާނެ ކަމަށް ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ މި ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 11:30 ގައި ހެޑް އޮފީހުގައި އޮންނާނެ ކަމަށެވެ.

The post ސްޓެލްކޯގައި ކެންޓީނެއް ހިންގާނެ ބަޔަކު ހޯދަނީ appeared first on adduLIVE.



More from adduLive