ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއް

Sat, 04 May 2024 08:25 PM

View on this article on adduLive

ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއް

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އިތުރު ފުރުސަތަކަށް ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.



ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދު އަދަދެއް ކަމަށެވެ.

ގުޅީފަޅަށް ގޯތި ބަދަލު ކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އަދި ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ކުރުމަށް ނިންމީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:

* 1250 އަކަފޫޓުގެ 193 ގޯތި
* 1650 އަކަފޫޓުގެ 663 ގޯތި
* 2050 އަކަފޫޓުގެ 487 ގޯތި
* 2450 އަކަފޫޓުގެ 4 ގޯތި

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މި މަހުގެ 13 ގެ ނިޔަލަށް ހުށަހެޅޭނެ އެވެ.

The post ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއް appeared first on adduLIVE.



More from adduLive