ޔުނިސެފްގެ ނެޝަނަލް އެމްބެސެޑަރަކަށް ކަރީނާ

Sat, 04 May 2024 08:00 PM

View on this article on adduLive

ޔުނިސެފްގެ ނެޝަނަލް އެމްބެސެޑަރަކަށް ކަރީނާ

ޔުނިސެފާ ގުޅިގެން އިންޑިއާގައި ކުޑަކުދިންނާއި އަންހެނުންނާ ގުޅުން ހުރި ތަފާތު މައްސަލަތަކަށް ހޭލުންތެރިކަން އުފަައްދަން ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި ހިއްސާވަމުން އައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް، ޔުނިސެފް އިންޑިއާ ގޮފީގެ ނެޝަނަލް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.



މި ވާހަކަ އިންސްޓަގްރާމްގައި މިއަދު ހިއްސާކޮށް ކަރީނާ ބުނީ ފާއިތުވި 10 އަހަރުގެ ތެރޭގައި ޔުނިސެފާ އެކީ ވަރަށް މުހިއްމު އަދި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދޭން މިހާތަނަށް ޔުނިސެފާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ކާމިޔާބު ބަތަލާ ބުންޏެވެ.

އެކްޓަރު ސައިފް އަލީ ޚާނާ ކައިވެނިިކޮށްގެން ދެ ކުދިން ވެސް ތިބި ކަރީނާ ބުނީ ޔުނިސެފް އިންޑިއާގެ ނެޝަނަލް އެމްބެސެޑަރަކަށް އޭނަ ހަމަޖެއްސުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެހެންވެ މިއަދަކީ ވަރަށް ޖަޒުބާތީ ދުވަހެއް ކަމަށް ބުންޏެވެ.

އިންޑިއާގެ އެންމެ ނުފޫޒު ގަދަ ފިލްމީ އާއިލާ، ކަޕޫރް ޚާންދަށް ނިސްބަތްވާ ކަރީނާ އަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާއެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި ހެއިސްޓް ކޮމެޑީ "ކްރޫ" އެވެ. ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ތުރިލާ "ދަ ބަކިންހަމް މާޑާސް" އެވެ.

The post ޔުނިސެފްގެ ނެޝަނަލް އެމްބެސެޑަރަކަށް ކަރީނާ appeared first on adduLIVE.



More from adduLive