މިއަދު ކުރިއަށްގެންދިޔަ 6 ބައި-އިލެކްޝަނުން ވެސް ވެރިކަން ކުރާ ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
މިއަދު ކުރިއަށް ގެންގޮސްފައިވަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނެވެ.
މި ބައި އިލެކްޝަންތަކުގެ ތެރެއިން ޕީއެންސީން ވަނީ އުތީމު، ތަކަންދޫ، ވެލިދޫ އަދި އިންނަމާދޫގެ ބައި އިލެކްޝަންތައް ކާމިޔާބުކޮށްފަ އެވެ.
ބައި އިލެކްޝަންތަކުން ޕީއެންސީން ބޮޑު ކާމިޔާބެއް ހޯދިއިރު، ނިމިގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން ވަނީ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ.
The post ބައި-އިލެކްޝަންތަކުން ޕީއެންސީ އަށް ބޮޑު ކާމިޔާބެއް appeared first on adduLIVE.