ބޮޑު އީދު ފާހަގަ ކުރަން ރަށްރަށަށް ހުޅުވާލައިފި

Thu, 25 Apr 2024 05:48 PM

View on this article on adduLive

ބޮޑު އީދު ފާހަގަ ކުރަން ރަށްރަށަށް ހުޅުވާލައިފި

މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.



އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އަޟްހާ އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮޕޯސަލް ފޮނުވަން ޖެހެނީ މި [email protected] މެއިލަށެވެ.

އެގޮތުން ރަށްރަށުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން މިނިސްޓްރީން ފުރުސަތު ދޭނެ ރަށްތައް ކަނޑައަޅާނީ އެ ރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެނެ ހަރަދުތަކާއި، އަދި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތަތަކަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީއާ ގުޅިގެން މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ތިން ރަށަކަށް ފުރުސަތު ދޭނެ އެވެ. އެ ތިން ރަށް ކަނޑައަޅާނީ މިނިސްޓްރީ އަށް ހުށައެޅޭ އެންމެ ރަނގަޅު ޕްރޮޕޯޒަލްތައް ހޮވައިގެން ކަމަށް ބުންޏެވެ.

މި އަހަރުގެ ފިތުރު ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެ އެވެ.

The post ބޮޑު އީދު ފާހަގަ ކުރަން ރަށްރަށަށް ހުޅުވާލައިފި appeared first on adduLIVE.



More from adduLive