އަކްޝޭގެ އާއިލާ އިން އަންހެން ކުއްޖަކު ބޮލީވުޑަށް

Thu, 25 Apr 2024 05:34 PM

View on this article on adduLive

އަކްޝޭގެ އާއިލާ އިން އަންހެން ކުއްޖަކު ބޮލީވުޑަށް

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ އާއިލާ އިން އަންހެން ކުއްޖަކު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.



ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެއީ އަކްޝޭގެ ކޮއްކޮ އަލްކާ ބާޓިއާގެ ދަރިފުޅު ސިމްރަން ބާޓިއާ ކަމަށެވެ. މީޑިއާތަކުން ބުނީ ސިމްރަންގެ ފުރަތަމަ ފިލްމަކީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ "އިއްކީސް" ކަމަށެވެ.

މި ފިލްމަކީ އިންޑިއާގެ އަސްކަރިއްޔާގެ ޒުވާން ބަތަލެއް ކަމަށްވާ އުމުރުން 21 އަހަރުގައި އަރޫން ކެތަރްޕާލްގެ ބައޮގްރިކަލް ޑްރާމާ އެވެ. "އިއްކީސް" ގެ މަސައްކަތް އަގަސްޓިއާ ފެށީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އޭނަގެ ފުރަތަމަ ފިލްމު "ދި އާޗީސް" އަށް ފަހު އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ފިލްމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ އިރު، ސިމްރަން ވެސް ފިލްމުގެ ބައެއް މަންޒަރުތައް މިހާރު ޝޫޓްކޮށް ނިންމާފައިވާ ކަމަށެވެ. މިއީ އަކްޝޭ ފިޔަވައި އާއިލާ އިން ބޮލީވުޑަށް އެކްޓަރަކު ނުކުންނަ ފުރަތަމަ ފަހަރެވެ.

"އެއްކީސް" އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ އެއްޗެކެވެ. ކާސްޓްގައި ދަރުމެންދުރާ ވެސް ހިމެނޭ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުހެ ޖެނުއަރީ 10 ގަ އެވެ.

މީގެ ޑައިރެކްޓަރު ސްރީރާމްގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ކެޓްރީނާ ކައިފާ ވިޖޭ ސެތުޕަތީއާ އެކީ ގެނެސްދިން މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އެވެ.

The post އަކްޝޭގެ އާއިލާ އިން އަންހެން ކުއްޖަކު ބޮލީވުޑަށް appeared first on adduLIVE.



More from adduLive