ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހީނާ

Tue, 23 Apr 2024 07:51 PM

View on this article on adduLive

ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހީނާ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، ހީނާ ވަލީދު މިއަދު ޢައްޔަންކުރައްވައިފި އެވެ.



މިއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް ހީނާ ޢައްޔަންކުރައްވާފައިވަނީ، ހީނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ގޮތަށް ކަމަށެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ހީނާ އަދާކުރައްވާނީ މުސާރަ ނުނަންގަވާ މަޤާމެއްގެ ގޮތުގައި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

މީގެ ކުރިން ހީނާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރކަމާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަޤާމުތަކެއް ފުރުއްވާފަ އެވެ. އަދި ރާއްޖޭގެ ޤައުމީ މީޑިއާގައި ދިގު މުއްދަތަކު ޚިދުމަތްކުރައްވާފައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަޤާމުވެސް ހީނާ ވަނީ އަދާކުރައްވާފަ އެވެ.

ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް ޢައްޔަނުކުރެއްވި ހީނާ މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.

The post ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހީނާ appeared first on adduLIVE.



More from adduLive