ގަވާއިދާ ހިލާފު އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

Fri, 20 Sep 2024 08:12 PM

View on this article on adduLive

ގަވާއިދާ ހިލާފު އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.



އިމިގްރޭޝަނުން ބުނީ ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ރޭގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މާލޭގެ ހެންވޭރަށް ނިސްބަތްވާ މި ގޭގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.



More from adduLive